Last Updated: July 1, 20:14
Wednesday, July 1, 2026
ކުޅިވަރު

އެމްސީ ޔުނައިޓެޑް ތާވަލްގެ އެއްވަނާގައި

މިހާރު ހިތަދޫ ޒޯން ސްޓޭޑިއަމް ގައި ކުރިއަށްދާ ގްލޯބަލް ލިންކްސް ޗެލެންޖްކަޕްގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ އެމްސީ ޔުނައިޓެޑް ތާވަލްގެ އެއްވަނައިގައި އޮވެ ސެމީއަށް ދަތުރުކޮށްފި އެވެ.

ލީގު އުސޫލުން ކުރިއަށްދާ މި މުބާރާތުގެ ލީގު މެޗްތައް ނިމުނު އިރު ސެމީގެ ޖާގަ ކަށަވަރުވެފައިވަނީ އެމްސީ ޔުނައިޓެޑް އާއި ދަފޭދޫ، މަލްޓީ ޖީނިއަސް އަދި ޔަޝީއެވެ.

މިއަދު ހަވީރު ޔަޝީ އާއި ދެކޮޅަށް އެމްސީ ޔުނައިޓެޑް ކުޅެ މޮޅުވީ 5-0 ލަނޑުންނެވެ. އެޓީމަށް ގޯލް ކާމިޔާބް ކޮށްދީފައިވަނީ މުހައްމަދު އިންޝާލް އާއި މުހައަމދު ދިމްނާހުގެ އިތުރުން ހުސެއިން އިމްރާން އާއި ހަސަން ޝިހާން އެވެ. މީގެތެރެއިން މުހައްމަދު އިންޝާލްވަނީ ދެލަނޑު ޖަހައި މެޗްގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދާފައެވެ.

ގްލޯބަލް ލިންކްސް ޗެލެންޖް ތާވަލަށް ބަލާއިރު 15 ޕޮއިންޓާއި އެކު އެއްވަނާގައި ވަނީ އެމްސީ ޔުނައިޓެޑްއެވެ. 9 ޕޮއިންޓާއި އެކު ދެވަނާގައި ފޭދޫ އަދި މަލްޓީ ޖީނިއަސް ސިޓީ އޮތް އިރު ޔަޝީ އޮތީ 7 ޕޮއިންޓާއި އެކު ތާވަލްގެ ހަތަރުވަނާގައެވެ.

މުބާރާތުގެ ސެމީގެ ފުރަތަމަ މެޗްގައި އެމްސީ އަދި ޔަޝީ މާދަމަ ނޫން އަނެއް ދުވަހު ކުޅޭނެއެވެ. އަދި ސެމީގެ ދެވަނަ މެޗް އެޕްރީލް 1 ވަނަ ދުވަހު ކުޅޭނެއެވެ. އެ މެޗްގައި ބައްދަލުކުރާނީ މަލްޓީ ޖީނިއަސް އަދި ދަ ފެދޫއެވެ.