ޖޭޒް އަދި ޕޮޕް ލަވަކިޔުންތެރިޔާ ކީލީ ސްމިތް އުމުރުން 89 އަހަރުގައި މަރުވެއްޖެ އެވެ.
އޭނާ މަރުވެފައި ވަނީ ހޮނިހިރު ދުވަހުގެ ވަގުތެއްގައި ހިތް ހުއްޓުމުގެ ސަބަބުން ކަމަށް މަޢުލޫމާތު ލިބެ އެވެ.
ކީލީގެ ޕަބްލިސިސްޓް ބޮބް މާލިސް ނެރުނު ބަޔާނެއްގައި ވާގޮތުން މަރުވިއިރު ސްމިތް ދިޔައީ ފިޒީޝަނެއްގެ ގާތުން ފަރުވާ ހޯދަމުން ކަމަށެވެ.
ކީލީ ލަވަކިޔަން ފަށާފައި ވަނީ އޭނާގެ ފުރާވަރު ދުވަސްވަރު ލުއީ ޕްރީމާގެ ބޭންޑާ އެކު އެވެ.
ކީލީ އާއި ޕްރީމާ ކައިވެނިކޮށްފައި ވަނީ 1953 ވަނަ އަހަރު އެވެ. އަދި އެ މީހުންގެ ލަވަ ކަމުގައިވާ "ދެޓް އޯލްޑް ބްލެކް މެޖިކް" އަށް ވަނީ 1959 ވަނަ އަހަރު ގްރެމީ އެވޯޑެއް ވެސް ލިބިފައެވެ. އެ ލަވަ އެމެރިކާގެ ޗާޓްތަކުގައި 18 ހަފްތާ ވަންދެން އޮތެވެ.
މީގެ އިތުރުން އޭނާ 2001 ވަނަ އަހަރު ނެރުނު އަލްބަމް "ކީލީ ސިންގްސް ސިނާތްރާ" އަށް ވެސް އޭނާ ވަނީ ގްރެމީ އެވޯޑަކަށް ނޯމިނޭޓް ވެފައެވެ.
ކީލީ ވަނީ 1957 ވަނަ އަހަރު ނެލްސަން ރިޑިލް ޕްރޮޑިއުސްކުރި ލަވަ "އައި ވިޝް ޔޫ ލަވް" އާއެކު ސޯލީ މިއުޒިކް ކެރިއަރެއް ފަށައިފަ އެވެ.
70 އަހަރަށްވުރެ ގިނަ ދުވަހު މިއުޒިކް ދާއިރާގައި މަސައްކަތް ކޮށްފައިވާ އިރު، ސްމިތް އަށް ވަނީ ގިނަ ފާޑުކިޔުންތެރިންގެ ތަޢުރީފްތައް ވެސް އަމާޒްވެފަ އެވެ. އޭނާ އަށް ވަނީ ގިނަ އަދަދެއް އެވޯޑްތައް ލިބިފަ އެވެ.
މީގެ އިތުރުން ސްމިތް އަށް ވަނީ ހޮލީވުޑް ވޯކް އޮފް ފޭމްގައި އޭނާގެ ނަމަށް ޚާއްސަ ތަރިއެއް ވެސް ލިބިފައެވެ.