Last Updated: May 15, 14:33
Wednesday, May 15, 2024
ޚަބަރު

ދުވާ މީހުންނަށް ކޯޗް ޝުޖާއުގެ އިރުޝާދުތަކެއް

އައްޑޫގައި މި ފަހަކަށް އައިސް ދުވާ މީހުން އިތުރުވެފައިވާތީ ދުވާ މީހުންނަށް އައި ރަނާޒްގެ ކޯޗް ޝުޖާއު އިރުޝާދުތަކެއް ދީފި އެވެެ.

ދުވާ މީހުން މިހާރަކަށް އައިސް ލިންކް ރޯޑްގެ ތާރުގަނޑުމަތިން ރައްކާތެރިކަމާ ދޭތެރޭ ނުވިސްނައި ދުވާތީ މިކަމާ ބެހޭ ގޮތުން "އައްޑޫ ލައިވް" ގައި މިއަދު ޝާއިއު ކުރި ރިޕޯޓެއް ޓެގްކޮށް، ޝުޖާއު ފޭސްބުކްގައި ބުނީ ދުވާ މީހުންނަށް ހާއްސަ ތަންތަން އައްޑޫގައި ހަދަން ޖެހޭ ކަަމަށެވެ.

އަދި މިކަމާ ގުޅޭ ގޮތުން އައްޑޫ ސިޓީ ކައުންސިލާއި ފުލުހުންނާ ވެސް މަޝްވަރާތަކެއްކޮށްފައިވާ ކަމަށް ދާދި ފަހުން އައްޑޫގައި ދެ މެރަތަން ވެސް ބޭއްވި ޝުޖާއު ބުންޏެވެ.

އޭނާގެ ޕޯސްޓްގައި ވަނީ ދުވާ މީހުންނަށް ބައެއް އިރުޝާދު ވެސް ދީފަ އެވެ. އެގޮތުން ދުވާ އިރު މަގުގެ ކަނާތް ފަރާތް ބޭނން ކުރުމަށާއި ދުއްވާ ވެހިކަލްތައް ސަމާލުކަން ދިގެން ރައްކާތެރި ގޮތުގައި ދުވަން އިސްކަން ދޭ ކަމަށް ބުންޏެވެ.

އަދި ދުވާ އިރު ހެޑްފޯން ބޭނުން ނުކުރުމަށާއި ދުވާ އިރު، ހެޑްލައިޓާއި ރިފްލެކްސްޓް ބޭނުން ކުރަން ވެސް ޝުޖާއު އިރުޝާދު ދީފައިވެ އެވެ.