Last Updated: June 15, 23:32
Monday, June 15, 2026
ޚަބަރު

ޗައިނާ ޓޫރިސްޓުންގެ އަދަދު އިތުރުވެއްޖެ

ގިނަ ދުވަސްތަކަކަށްފަހު ރާއްޖެއަށް އަންނަ ޗައިނާ ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަހަރު ނޮވެމްބަރު މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު %15 އިތުރުވެފައެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައި ރާއްޖެ އައިސްފައިވަނީ 104,572 ޓޫރިސްޓުންނެވެ. ނަމަވެސް މިއަހަރު އެ އަދަދު ވަނީ 120,506 އަށް އަރާފައެވެ.

މީގެ އިތުރުން ގިނަ ދުވަސްތަކަކަށްފަހު ރާއްޖެ އަންނަ ޗައިނާގެ ފަތުރުވެރިންގެ އަދަދުވެސް މިއަހަރު ވަނީ އިތުރުވެފައެވެ. ޗައިނާ ޓޫރިސްޓު މާކެޓަށް ބަލާއިރު މިއަހަރު ވަނީ 11 އިންސައްތައިގެ ކުރިއެރުމެއް ލިބިފައެވެ. މިދިޔަ އަހަރު 18,954 ޗައިނާ ފަތުރުވެރިން ނޮވެމްބަރު މަހު އައިސްފައިވާއިރު މިއަހަރު ވަނީ 21,195 ފަތުރުވެރިން ރާއްޖެ އައިސްފައެވެ.

މަހުން މަހަށް އައި ޓޫރިސްޓުން އަދަދު މިއަހަރު އިތުރުވިނަމަވެސް މިއަހަރު ރާއްޖެ އައި ޖުމުލަ ޓޫރިސްޓުންގެ އަދަދު ދަށްވެފައިވާކަން ފާހަގަކޮށްލެވެއެވެ. މިދިޔަ އަހަރުގެ މިހާތަނަށް މުޅި ޖުމުލަ 308,077 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު މިއަހަރުގެ މިހާ ހިސާބަށް ރާއްޖެ އައިސްފައިވަނީ 286,612 ފަތުރުވެރިންނެވެ.