ކޮންމެ މަހަކު ރާއްޖެން ބޭރުގެ މަންޒިލަކަށް ޗުއްޓީ ދަތުރެއްގައި ދެވޭ ވަރަށް ޚާއްސަ ޕްރޮމޯޝަނެއް އުރީދޫން ފަށައިފިއެވެ.
އުރީދޫ "ވޯލްޑް ޓުއާ ޕްރޮމޯޝަން" ގެ ނަމުގައި ފަށާފައިވާ މި ޕްރޮމޯޝަނުގައި އިނާމު ހާސިލުކުރުމަށް ހަދަން ޖެހޭ ގޮތަކީ 'GO' ޖަހާފައި 555 މެސެޖެއް ކޮށްލަންވީއެވެ.
މެސެޖު ފޮނުވުމުން އުރީދޫއިން ފޮނުވާ ސުވާލުތަކަށް ޖަވާބުދީގެން އެންމެ ގިނަ ޕޮއިންޓު ހޯދާ ފަރާތަކަށް ކޮންމެ މަހަކު ޗުއްޓީ ދަތުރެއް ލިބޭނެއެވެ. އަދި ކޮންމެ 10 ދުވަހަކުން ޕޮއިންޓު ލިސްޓުގެ ކުރީގައި އޮންނަ ފަރާތަކަށް އައިފޯން 8 ފޯނެއް މި ޕްރޮމޯގެ ދަށުން ލިބޭނެއެވެ.
މި ޕްރޮމޯޝަނުގައި ސުވާލު އަންނާނީ އާންމު މައުލޫމާތު، ޓެކްނޮލޮޖީ، ދަތުރުފަތުރު އަދި ލައިފްސްޓައިލާއި ގުޅޭ ގޮތުންނެވެ. ފޮނުވާ ކޮންމެ ސުވާލަކަށް ރަނގަޅު ޖަވާބު ފޮނުވާ ފަރާތަކަށް 300 ޕޮއިންޓު ލިބިގެންދާނެއެވެ. އަދި ޖަވާބު ރަނގަޅު ނުވިނަމަވެސް ޖަވާބެއް ފޮނުވައިފިނަމަ 100 ޕޮއިންޓު ލިބިގެންދާނެ ކަމަށް އުރީދޫން މައުލޫމާތު ލިބިފައިވެއެވެ.
މިއަދުން ފެށިގެން އަންނަ އަހަރުގެ މާޗު މަހުގެ 18 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާ މިޕްރޮމޯޝަނުގައި ބައިވެރިވެގެން ވަރަށް ފަސޭހަކަމާއެކު އައިފޯން 8 ފޯނެއް ނުވަތަ ޗުއްޓީ ދަތުރެއް ހޯދުމުގެ ފުރުސަތު އުރީދޫން މިވަނީ ކަސްޓަމަރުންނަށް ހުޅުވާލާފައެވެ.