މާދަމާ ބާއްވާ ޕީޕީއެމްގެ ޕްރައިމެރީޒްގައި އައްޑޫން 2،500 މީހުން ވަރު ވޯޓުލާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ޕީޕީއެމްގެ އިސް އޮފިޝަލަކު މިރޭ ވިދާޅުވީ ޕީޕީއެމްގެ ރަޖިސްޓްރީގައި ތިބި މީހުންގެ ތެރެއިން 2500 އަށް ވުރެ ގިނަ މީހުން އައްޑުގައި ދިރިއުޅެމުން އަންނަ އިރު މާދަމާ އިންތިހާބުގައި ވޯޓުލުމަށް 2500 މީހުންވަރު ނިކުންނާނެ ކަމަށް ލަފާކުރެވޭކަމަށެވެ.
އޭނާ ވިދާޅުވީ ޕީޕީއެމްގެ މެމްބަރުންގެ ތެރެއިން ހިތަދޫގައި ވޯޓުލާންޖެހޭ 1243 މީހުން ރަޖިސްޓްރީގައި އެބަތިބިކަމަށެވެ. އަދި މަރަދޫގައި އެޕާޓީގެ 200 މީހުން ތިބޭ އިރު މަރަދޫ ފޭދޫގައި ތިބީ 127 މީހުންނެވެ.
ހުޅުމީދޫގައި ޕީޕީއެމްގެ 800 އެއްހާ މީހުން ތިބި އިރު ފޭދޫގައި ތިބީ 650 މީހުނެވެ.
މާދަމާ ހެނދުނު 8 ން ފެށިގެން ހަވީރު 4 ޖެހުމާއި ހަމަައަށް ވޯޓުލުން ކުރިއަށް ދާނެއެވެ. އެގޮތުން ހިތަދޫގައި ވޯޓުލާ ތިންމަރުކަޒު ހުރި އިރު އެހެން ކޮންމެ ރަށެއްގައި އެއް ވޯޓު ފޮށިވަނީ ޕީޕީއެމްއިން ބަހައްޓާފައެވެ.