"ދަ ނަޓްކްރެކާ އެންޑް ފަ ފޯ ރެލްމްސް" ގެ ރަސްމީ ޓްރެއިލާ ޑިޒްނީން އަންގާރަ ދުވަހު ދައްކާލައިފި އެވެ.
ކްރިސްމަސް ބަންދާ ދިމާކޮށް މި ފިލްމްގެ ޓްރެއިލާ ނެރެފައިވާ އިރު، މި ފިލްމުން ފެނިގެން ދާނެ މަޝްހޫރު ތަރިންގެ ތެރޭގައި ކީރާ ނައިޓްލީ އާއި މޯގަން ފްރީމޭންގެ އިތުރުން ހެލެން މިރެން އަދި މެކެންޒީ ފޯއި ވެސް ހިމެނެ އެވެ.
"ދަ ނަޓްކްރެކާ އެންޑް ފަ ފޯ ރެލްމްސް" އަކީ 1816 ވަނަ އަހަރު އީޓީއޭ ހޮލްފްމޭން ނެރުނު ވާހަކަ ފޮތް "ދަ ނަޓްކްރެކާ އެންޑް ދަ މައުސް ކިންގް" އާއި ޕީޓާ އިލިއިޗް ޗައިކޯސްކީގެ "ދަ ނަޓްކްރެކާ" ބެލޭގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.
މި ފިލްމްގައި ފޯއި އަދާ ކުރާނީ ކްލާރާ ނަމަކަށް ކިޔާ އަންހެން ކުއްޖެއްގެ ރޯލެވެ. ނައިޓްލީ އަދާ ކުރާނީ ޝުގާ ޕްލަމް ފެއަރީ ރޯލް ކަމަށްވާ އިރު، މިރެން ކުޅޭނީ ނުބައިބަ އެވެ.
"ދަ ނަޓްކްރެކާ އެންޑް ދަ ފޯ ރެލްމްސް" ރިލީޒް ކުރާނީ ނޮވެމްބަރު، 2، 2018 ގަ އެވެ.