Last Updated: June 28, 13:55
Sunday, June 28, 2026
މުނިފޫހިފިލުވުން

މިލިންދް ޒުވާން ލޯބިވެރިޔާއާ ކައިވެނި ކުރަނީ

އުމުރުން 52 އަހަރުގައި ވެސް މިލިންދް ސޯމަން އަކީ ގިނަ އަންހެނުންތަކެއްގެ ހިތުން އަދިވެސް ޖާގަ ހޯދަމުން އަންނަ ތަރިއެކެވެ. ކުރީގެ ސުޕމޮޑެލް އަދި ފިޓްނެސް ޕްރޮމޯޓާއެއް ކަމުގައިވާ މިލިންދް ވަނީ 26 އަހަރުގެ އެއާ ހޮސްޓެސް އަންކިތާ ކޮންވަރް އާއި ލޯބީގެ ގޮތުން ގުޅުމަށްފަހު މީޑިއާތަކުގެ ސަމާލުކަމަށް އައިސްފަ އެވެ.

މިލިންދް އަށްވުރެ އުމުރުން ދެބައިކުޅަ އެއްބައި ކުޑަ އަންހެން ކުއްޖަކާއި ރައްޓެހިވުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އޭނާ އަށް އަމާޒުވެފަ އެވެ.

@earthy_5 and me not running ! 🙂

A post shared by Milind Usha Soman (@milindrunning) on

ނަމަވެސް އެ ފާޑުކިޔުންތަކަށް ބީރު ކަންފަތެއް ދިނުމަށްފަހު މިލިންދް ވަނީ އޭނާގެ އުފަންދުވަސް ވެސް އަންކިތާ އާއެކު ނޯވޭގައި ފާހަގަކޮށްފަ އެވެ.

މިހާރު އެންމެ ބާރަށް ފެތުރެމުންދާ ޚަބަރަކީ މިލިންދް އާއި އަންކިތާ 2018 ވަނަ އަހަރު ކައިވެނި ކުރަން ނިންމާފައިވާ ކަމުގެ ވާހަކަތަކެވެ.

Thank you all for your wishes! Have funnnnn !! 🙂 #Tromso #NorthernLights

A post shared by Milind Usha Soman (@milindrunning) on

ރިޕޯޓްތައް ބުނާގޮތުން މިލިންދް ވަނީ މިދިޔަ މަހު އަންކިތާގެ އުފަންރަށް ކަމުގައިވާ ގުވަހާޓީ އަށް ޒިޔާރަތްކޮށް އޭނާގެ މައިންބަފައިންނާއި ބައްދަލުކޮށްފަ އެވެ.

މީގެ އިތުރުން މިލިންދް ވަނީ އަންކިތާގެ ކޮއްކޮއެއްގެ އުފަންދުވަހުގެ ހަފްލާގައި ވެސް ބައިވެރިވެފަ އެވެ. އެ ދުވަހު މިލިންދް ވަނީ އަންކިތާގެ އާއިލާގެ އެހެނިހެން މެމްބަރުންނާއި ވެސް ބައްދަލުކޮށްފަ އެވެ.

މިލިންދް އާއި އަންކިތާގެ އުމުރުގެ ތަފާތު ބޮޑުކަމުން ފުރަތަމަ އަންކިތާގެ އާއިލާއިން ވެސް ހިތްހަމަނުޖެހިފައި ތިބިނަމަވެސް، މިލިންދް އާއި ބައްދަލު ކުރުމަށްފަހު އެމީހުންގެ ޚިޔާލު ވަނީ ބަދަލުވެފަ އެވެ.

ރިޕޯޓް ކުރެވޭ ގޮތުގައި އަންކިތާގެ އާއިލާގެ ރުހުން ވެސް ލިބުމާއެކު އަންނަ އަހަރުގެ ތެރޭގައި އެ ދެމީހުން ކައިވެނި ކުރާނެ ކަމަށް ލަފާކުރެވެއެވެ.