Last Updated: June 15, 23:32
Monday, June 15, 2026
ޚަބަރު

އަންހެނުން މެރުމުން އިންޑިޔާގެ ޓީވީ ހޯސްޓަކު ޖަލަށް

އިންޑިޔާގެ ޓީވީ ޕްރެސެންޓަރަކު އޭނާގެ އަންހެނުން މަރާލި ކުށުގެ ދައުވާގައި އުމުރަށް ޖަލަށް ލުމަށް ކޯޓުން ހުކުމްކޮށްފިއެވެ.

ޝުހައިބު އިލްޔާސީ ނަމަކަށް ކިޔާ ކްރައިމް ޝޯއެއްގެ ޕްރެސެންޓަރު އެންމެ ފުރަތަމަ ހައްޔަރުކުރީ 2000 ވަނަ އަހަރުގައެވެ. އޭރު އޭނާ ބުނެފައިވަނީ އަންހެނުން، އަންޖޫ އިލްޔާސީ މަރުވީ އަމިއްލައަށް ކަމަށެވެ.

ނަމަވެސް ޝުހައިބު އިލްޔާސީ ފުލުހުން ހައްޔަރުކުރީ އަންހެނުންގެ ގަޔަށް ވަޅި ހަރައި، ގަސްދުގައި މަރާލިކަމަށް ތަހުގީގުން ސާބިތުވުމުންނެވެ. އިލްޔާސީގެ ވަކީލުން ވަނީ ކޯޓުގެ ހުކުމް އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ.

އިލްޔާސީ އޭނާގެ އަންހެނުން މަރާލާފައިވަނީ އަންހެނުންގެ އާއިލާއިން އޭނާއާ ކައިވެނި ކުރުމުން ދޭން އެއްބަސްވި ވަރަށް ފައިސާ ނުދީގެން ކަމަށް އިންޑިޔާގެ ނޫހަކުން ރިޕޯޓުކޮށްފައިވެއެވެ.

އިންޑިޔާގައި 1961 ވަނަ އަހަރުން ފެށިގެން ކައިވެނި ކުރުމުން އަންހެން މީހާގެ އާއިލާއިން ފިރިހެން މީހާގެ އާއިލާއަށް މުދަލާއި ފައިސާ ދިނުން ވަނީ މަނާކޮށްފައެވެ. ނަމަވެސް އާއިލާތަކުން ކުރުވާ ކައިވެނީގައި މިހާރުވެސް ވަރަށް ގިނައިން އަމަލުކުރެއެވެ. އަދި ފިރިމީހާގެ އާއިލާއިން ބޭނުންވި ވަރަށް ފައިސާއާއި މުދާ ނުދީގެން އެތައް ސަތޭކަ އަންހުންނެއް ކޮންމެ އަހަރަކު އިންޑިޔާގައި މަރާކަމަށް ރިޕޯޓުކޮށްފައިވެއެވެ.