Last Updated: June 15, 23:32
Monday, June 15, 2026
ޚަބަރު

ނޮޅިވަރަމުން ގެއްލުން އަންހެން މީހާ ފެނިއްޖެ

ހދ. އަތޮޅު ނޮޅިވަރަމުގައި އިއްޔެ މޫދަށް ދިޔަގޮތަށް ވީނުވީ ތަނެއް ނޭނގި ހޯދަމުން ދިޔަ މީހާ ފެނިއްޖެއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި އުމުރުން 41 އަހަރުގެ އަންހެން މީހާ ފެނިފައިވަނީ އެރަށުގެ ވަލުތެރޭގައި ހޭނެތިފައި ބިންމައްޗަށް ވެއްޓިފައިވަނިކޮށެވެ. އަދި އެމީހާ ވަގުތުން އެރަށު ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށާއި މިހާލު ހާލު ރަނގަޅު ކަމަށް ސިއްހީ މަރުކަޒުން ބުނެފައިވެއެވެ.

އަންހެން މީހާއަކީ ނަފްސާނީ ބައްޔަށް ބޭސްކުރާ މީހެއް ކަމަށާއި މާލޭގައި ބޭސްފަރުވާ ކުރުމަށްފަހު ރަށަށް ގޮސްފައިވަނީ ވަރަށް ފަހުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މޫދަށް ގޮސްފައި ގެއްލުނު ކަމަށްބުނެ އެމީހާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓުކުރުމުން ސިފައިން ވަނީ އެރަށުގެ މޫދުގެ ބޮޑު ބަޔެއް ފީނައިގެން ބަލާފައެވެ.