Last Updated: June 28, 13:55
Sunday, June 28, 2026
މުނިފޫހިފިލުވުން

"އޯޝަންސް 8" ގެ ޓްރެއިލާ ނެރެފި

އަންހެން އެކްޓަރުން މުޅިންވެސް ހިމެނޭ ކާސްޓައާއެކު ވޯނާ ބްރޯސް އިން އުފައްދާފައިވާ ފިލްމް "އޯޝަންސް 8"ގެ ފުރަތަމަ ޓްރެއިލާ ދައްކާލައިފި އެވެ.

ޓްރެއިލާ އިން ފެނިގެންދަނީ ސެންޑްރާ ބޮލެކް އާއި ކޭޓް ބްލެންޗެޓް އާއި ހެލެނަ ބޮންހަމް ކާޓާގެ އިތުރުން ރިއާނާ އާއި ސޭރާ ޕޯލްސަން އަދި މިންޑީ ކެލިންގް، އޭން ހެތަވޭ ކަރުގައި އޮތް 150 މިލިއަން ޑޮލަރުގެ އަގުހުރި ހާރެއް ވަގަށް ނެގުމުގެ މަސައްކަތް ކުރާ މަންޒަރެވެ.

މި މިޝަން ހިންގަން އުޅެނީ ނިއު ޔޯކްގެ މެޓް ގާލާގައެވެ. ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ މި ފިލްމަކީ ސްޓީވެން ސޯޑާބާގްގެ "އޯޝަންސް" ޓްރިލޮޖީގެ ސީކުއެލް އެކެވެ.

މި ފިލްމް ޑައިރެކްޓް ކޮށްފައި ވަނީ ގޭރީ ރޮސް ކަމުގައިވާއިރު، ފިލްމް ލިޔެފައި ވަނީ ރޮސް އާއި އޮލިވިއާ މިލްޗް އެވެ.

ކްލޫނީ އާއި ސްޓީވެން ސޯޑާބާގް ޕްރޮޑިއުސް ކޮށްފައިވާ މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ 8 ޖޫން 2018 ގައެވެ.