Last Updated: June 28, 13:55
Sunday, June 28, 2026
ދުނިޔެ

އިންޑިއާގައި ކުޑަކުއްޖަކު ރޭޕްކޮށް، މަރާލައިފި

ރޭޕްއާއި ދެކޮޅަށް ތައްޔާރު ކުރެވިފައިވާ ޕޯސްޓަރެއް - ފޮޓޯ: ދަ އިންޑިއަން އެކްސްޕްރެސް

އިންޑިއާގެ ކަރްނާޓަކާ ސްޓޭޓްގެ ވިޖާޔާޕޫރާ ގައި ކުޑަ އަންހެން ކުއްޖަކު ފަސް ފިރިހެނުން ވެގެން ރޭޕްކުރުމަށްފަހު މަރާލައިފި އެވެ.

އެމީހުން އެކުއްޖާ ރޭޕް ކޮށްފައި ވަނީ އެކުއްޖާ ސްކޫލަށް ދިޔަ މަގުމަތީގަ އެވެ. އެކުއްޖާގެ އާއިލާއިން ވަނީ އާދަރްޝް ނާގަރް ޕޮލިސް ސްޓޭޝަން ކުރިމަތީގައި މުޒާހަރާ ކުރަން ފަށާފައެވެ.

މި މައްސަލައާއި ގުޅިގެން ދެ މީހަކު ހައްޔަރު ކޮށްފައިވާއިރު، ފުލުހުން ދަނީ އިތުރު މީހުން ހޯދުމުގެ މަސައްކަތް އަވަދިނެތި ކުރަމުންނެވެ.

ރޭޕްކުރި އަންހެން ކުއްޖާގެ އާއިލާއިން ވަނީ ތުހުމަތު ކުރެވޭ މީހުންގެ ފޮޓޯތައް ޖަހާފައިހުރި ޕޯސްޓަރާއެކު މުޒާހަރާ ކޮށްފައެވެ.

މި ސަރަޙައްދުގައި ޤާނޫނު ތަންފީޒް ކުރުމުގެ ކަންތައްތައް އޮތް ފެންވަރު ދަށްވުމުގެ ސަބަބުން، މި މައްސަލަ ދަނީ އިތުރަށް ގޯސްވަމުން ކަމަށްވެސް ޓައިމްސް އޮފް އިންޑިއާ އިން ރިޕޯޓް ކުރެއެވެ.