އަކްޝޭ ކުމާރްގެ ކުރިއަށް އޮތް ފިލްމް "ގޯލްޑް" ޕްރޮޑިއުސް ކުރަނީ ފަރްހާން އަޚްތަރް އާއި ރިތޭޝް ސިދްވާނީ އެވެ.
ރިޕޯޓްތައް ބުނާގޮތުން މި ފިލްމަކީ އިންޑިއާ އަށް މިނިވަންކަން ލިބުނުފަހުން އެންމެ ފުރަތަމަ އޮލިމްޕިކް މެޑަލް ލިބުނު ގޮތުގެ ހަޤީގީ ހާދިސާއަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.
މި ފިލްމްގެ ޝޫޓިން ނިންމާލުމަށްފަހު ފިލްމްގެ ކާސްޓާއެކު ވަނީ އެކަން ފާހަގަކުރުމަށްޓަކައި ޕާޓީއެއް ވެސް ބާއްވާފައެވެ.
ފަރްހާން އަޚްތަރް ވަނީ ފިލްމްގެ ޝޫޓިން ނިންމާލި ޚަބަރު އިއުލާންކޮށް ފިލްމްގެ ޑައިރެކްޓަރު އަދި ކޯ-ޕްރޮޑިއުސަރުގެ އިތުރުން ފިލްމްގެ ތަރިން ކަމުގައިވާ އަކްޝޭ ކުމާރް އާއި މޫނީ ރޯއި އާއި ކުނާލް ކަޕޫރް އަދި ފިލްމްގެ ކޮރިއޮގްރާފާ ބޮސްކޯ މާޓިސް އާއެކު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކޮށްފައެވެ.
ރީމާ ކަގްތީ ޑައިރެކްޓް ކޮށްފައިވާ މި ފިލްމް ރިލީޒް ކުރާނެ ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ.