Last Updated: June 28, 13:55
Sunday, June 28, 2026
މުނިފޫހިފިލުވުން

"ދަޅަކް" ގެ ޖެއިޕޫރް ޝޫޓިން ނިންމާލައިފި

ޝަޝާންކް ކޭތަން ޑައިރެކްޓް ކުރާ ފިލްމް "ދަޅަކް" ގެ ޝޫޓިންގެ ފުރަތަމަ ބައި ނިންމާލައިފި އެވެ.

ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް ބަތަލާ ކަމުގައިވާ ޝްރީދޭވީގެ ދޮށީ އަންހެން ދަރިފުޅު ޖާންވީ ކަޕޫރް އާއި ޝާހިދް ކަޕޫރްގެ އެއްބަނޑު ކޮއްކޮ ކަމުގައިވާ އިޝާން ކައްޓަރް ފެނިގެންދާނީ ފިލްމްގެ ލީޑް ރޯލްތަކުންނެވެ. އެގޮތުން ފިލްމްގައި އިޝާން އާއި ޖާންވީ އަދާކުރާނީ ދެ ލޯބިވެރިންގެ ރޯލެވެ.

ބުދަ ދުވަހު "ދަޅަކް"ގެ ޓީމުން ވަނީ ޖެއިޕޫރްގައި ނަގަންޖެހޭ މަންޒަރުތަކުގެ ޝޫޓިން ނިންމާލާފައެވެ. ފިލްމްގެ ޕްރޮޑަކްޝަން ހައުސް އިން ވަނީ ޝޫޓިން ނިންމާލި ޚަބަރު އިއުލާންކޮށް އިންސްޓަގްރާމްގައި ފިލްމްގެ ކްރޫގެ ފޮޓޯއެއް ޕޯސްޓްކޮށްފަ އެވެ.

މީގެ އިތުރުން ޖާންވީ ކަޕޫރް ވެސް ވަނީ އޭނާ އާއި އިޝާން އަދި ޓީމުގެ އެހެނިހެން މެމްބަރުންގެ ފުރަގަހުން ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމް ކޮށްފައެވެ.

"ދަޅަކް" ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.