Last Updated: June 28, 13:55
Sunday, June 28, 2026
މުނިފޫހިފިލުވުން

ވިރާޓް އާއި އަނުޝްކާގެ ކައިވެނި ޕާޓީގައި ބޮޑުވަޒީރު މޯދީ ވެސް ބައިވެރިވާނެ

ފިންލޭންޑްގައި ހަނީމޫން ހޭދަކުރުމަށްފަހު އަލަށް ކައިވެނިކުރި އިންޑިއާގެ ކްރިކެޓް ޓީމްގެ ކެޕްޓަން ވިރާޓް ކޯލީ އާއި ބޮލީވުޑް ބަތަލާ އަނުޝްކާ ޝަރްމާ އެނބުރި އިންޑިއާއަށް އައިސްފި އެވެ.

މިހާރު ވިރާޓް އާއި އަނުޝްކާ ތިބީ އެމީހުންގެ ކައިވެނީގެ އުފަލުގައި ބާއްވާ ފުރަތަމަ ހަފްލާގައި ބައިވެރިވުމަށްޓަކައި ދިއްލީގައެވެ. މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މި ހަފްލާގައި ބައިވެރިވުމަށްޓަކައި އަނުޝްކާ އާއި ވިރާޓް ވަނީ އިއްޔެ އިންޑިއާގެ ބޮޑު ވަޒީރު ނަރޭންދްރަ މޯދީ އަށްވެސް ދައުވަތު އަރުވާފައެވެ.

އިއްޔެ އަނުޝްކާ އާއި ވިރާޓް ބޮޑުވަޒީރު ނަރޭންދްރަ މޯދީ އާއި ބައްދަލުކުރި ޚަބަރު ބޮޑުވަޒީރުގެ އޮފީހުން ވަނީ އިއުލާންކޮށްފަ އެވެ. އެގޮތުން ނަރޭންދްރަ ސިންގް ވަނީ އަނުޝްކާ އާއި ވިރާޓް އަށް ކައިވެންޏަށްޓަކައި މަރުހަބާ ވިދާޅުވެފަ އެވެ.

ވިރާޓް އާއި އަނުޝްކާ ކައިވެނި ކުރީ މި މަހުގެ 11 ވަނަ ދުވަހު އިޓަލީގައެވެ. މިރޭ ދިއްލީގެ ފަސް ތަރީގެ ހޮޓަލެއްގައި ބާއްވާ ހަފްލާއަށްފަހު ޑިސެމްބަރު 26 ގައި މުމްބާއި ގައި ވެސް ރައްޓެހިންނާއި ތިމާގެ މީހުންނަށްޓަކައި ދެވަނަ ހަފްލާއެއް ބާއްވާނެއެވެ.