Last Updated: June 15, 23:32
Monday, June 15, 2026
ޚަބަރު

ޖަނެރޭޓަރަކަށް މައްސަލަ ޖެހި އައްޑޫގެ އެކި ހިސާބުތަކުން ކަރަންޓު ކެނޑިއްޖެ

އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދެމުން އަންނަ މައި އިންޖީނުގޭގައި ބޭނުންކުރަމުން އަންނަ ޖަނެރޭޓަރަކަށް އަނެއްކާވެސް މައްސަލަ ދިމާވެ ކުއްލިގޮތަކަށް އައްޑޫގެ އެކި ހިސާބުތަކުން ކަރަންޓު ކަނޑާލައިފިއެވެ.

އެނގިފައިވާ ގޮތުގައި ޖަނެރޭޓަރަކަށް މައްސަލަ ޖެހިފައިވަނީ މިއަދުގެ ވަގުތެއްގައެވެ. މިކަމާ ގުޅޭގޮތުން މައުލޫމާތު ހޯދުމަށް ފެނަކަ ކޯޕަރޭޝަނާއި ގުޅުމަށް "އައްޑޫލައިވް" އިން ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތެއް ނުވެފައެވެ.

އާ ޖަނެރޭޓަރުތައް ނެޓްވޯކާއި ގުޅާފައިވިނަމަވެސް އެ ޖަނެރޭޓަރުތަކުން ކަރަންޓު ދޫކުރަން އަދި ނުފަށައެވެ. ފެނަކަ ކޯޕަރޭޝަނުން ބުނެފައިވަނީ އެ ޖަނެރޭޓަރުތަކުގެ ބޭނުން ހިފޭނީ އަދި ދުވަސްކޮޅެއް ފަހުންނެވެ. "ދުވަސްކޮޅުގެ" އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.