Last Updated: July 5, 17:11
Saturday, July 5, 2025
ޚަބަރު

ދެ ޖަނެރޭޓަރަކަށް މައްސަލަ ޖެހި ބޮޑު ބައެއްގައި ކަރަންޓެއް ނެތް

އައްޑޫ ސިޓީގެ ގުޅިފައިވާ އަވަށްތަކަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ 2 ޖެނެރޭޓަރަކަށް މައްސަލަ ޖެހި ހިތަދޫގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކަނޑާލައިފިއެވެ.

ހިތަދޫގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލީ މިރޭ 7 ޖަހާއިކަށް ހާއިރުއެވެ. އޭގެ ކުރިން ވެސް ހިތަދޫގެ މަގުބައްތިތައް ވަނީ ނިވާލާފައެވެ.

ކަރަންޓު ކެނޑި ބައެއް ސަރަހައްދުތަކަށް އަލުން ކަރަންޓު ދިން ނަމަވެސް، އަދިވެސް ބައެއް ސަރަހައްދު ތަކުގައި ކަރަންޓެއް ނެތެވެ.

ފެނަކައިގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ކަރަންޓު ކަނޑާލީ "ލޯޑް މަތިވެ އިތުރު ގޮތެއް ނެތިގެން" ކަމަށެވެ.