ނ. ހޮޅުދޫގައި ގާއިމްކުރި ބަނދަރު މިއަދު ރައީސް ޔާމީން އެރަށަށް ވަޑައިގެން ހުޅުވައިދެއްވައިފިއެވެ.
ރާއްޖޭގެ އުތުރުގެ ތިން އަތޮޅަކަށް ރައީސް ޔާމީން މިހާރު ކުރައްވަމުންދާ ދަތުރުފުޅުގައި މިއަދު ނ. އަތޮޅު ހޮޅުދޫއަށް ވަޑައިގެން ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ހަނދާނީ ބިނާގެ ފަރުދާ ކައްސަވާ ދެއްވާފައެވެ. ހޮޅުދޫ ބަނދަރަކީ 900 ފޫޓު ދިގު އަދި 200 ފޫޓު ފުޅާ ބަނދަރެކެވެ.
ނ. އަތޮޅުގެ އިތުރުން ރައީސް ޔާމީން ވަނީ މިލަދުންމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށާއި، ފާދިއްޕޮޅު ހިންނަވަރަށާއި މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ވަޑައިގެންނެވުމަށް ނިންމަވާފައިވެއެވެ.
ތިން ދުވަހުގެ ދަތުރުފުޅެއްގައި ރައީސް ޔާމީން މާލެއިން ފުރާވަޑައިގެންފައިވާއިރު އުތުރުގެ ރަށްތަކުގައި ސަރުކާރުން ފައްޓަވާފައި ހުރި މަސައްކަތުގެ ތެރެއިން ބައެއް މަސައްކަތް ނިންމުމާއި ބައެއް މަޝްރޫއުތައް ފައްޓަވައިދެއްވުން ހިމެނެއެވެ.