Last Updated: June 15, 23:32
Monday, June 15, 2026
ޚަބަރު

މާލެ ސަރަހައްދުގައި ފުލުހުންގެ ޚާއްސަ އޮޕަރޭޝަނެއް

ފޮޓޯ: ހުސެއިން ސިނާން

ވެރިރަށް މާލެ ހިމެނޭ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މިފެށޭ އައު އަހަރާއި ގުޅިގެން މާލެއާއި މާލެ ހިމެނޭ ސަރަހައްދުގެ ރައްކާތެރިކަން އިތުރުކުރުމަށް ސަލާމަތީ ފިޔަވަޅު އެޅުމަށް ވަނީ ނިންމާފައެވެ. އެގޮތުން މި އޮޕަރޭޝަނުގައި މާލެތެރެ ޕެޓްރޯލްކުރުން އިތުރުކޮށް، ތަންތަން ބަލައި ފާސްކޮށް، ދަންވަރު ވަގުތުގައި ކަމެއް ނެތި މަގުމަތީގައި އުޅޭ މީހުންނާ ސުވާލުކޮށް ބަލާ ފާސްކޮށް ހަދާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އަދި މާލޭގައި ކުށުގެ އަމަލުތައް ގިނަ ކަމަށް ފާހަގަކުރެވޭ ސަރަހައްދުތަކަށް ޚާއްސަ އިސްކަމެއް ދީގެން ޕެޓްރޯލް ކުރަމުންދާނެ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

އަދި މީގެ އިތުރު މާލެ ހިމެނޭ ސަރަހައްދުގެ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމުގެ ގޮތުން ކަނޑުމަތީ އުޅަނދުތައް ބަލާ ފާސްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި އޮޕަރޭޝަނުގައި ފުލުހުންގެ ބައެއް ތަހުގީގީ ދާއިރާތަކުގައި މަސައްކަތް ކުރާ ފުލުހުންނާއި އިންޓެލިޖެންސުގައި މަސައްކަތް ކުރާ ފުލުހުންވެސް ބައިވެރިވާނެ ކަމަށް ފުލުހުން ބުނެއެވެ.

މާލޭގައި މިއަހަރު ތެރޭގައިވެސް ގޭންގު ކުށްތަކުގައާއި އިތުރު ކުށްތަކުގައި ގިނަ ޒުވާނުންތަކެއް ވަނީ މަރާލާފައެވެ.