Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ހާފިޒުން ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ދަށަށް

ހާފިޒުންނާ ގުޅޭ ހުރިހާ ކަމެއް ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ދަށަށް ރައީސް އަބްދުﷲ ޔާމީން ބަދަލުކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ހާފިޒުކަމުގެ އިމްތިހާނުކުރުމާއި ހާފިޒުކަމުގެ ސަނަދު ދޫކުރުމާއި ހާފިޒުންނަށް ދައުލަތުން ދޭ އިނާޔަތް ދިނުން އެދި ފިނޭންސް މިނިސްޓްރީ އަށް ހުށަހެޅުމަކީ، ހަމައެކަނި ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން ކުރާ މަސައްކަތްތަކެއްގެ ގޮތުގައި ރައީސް ޔާމީން ހަމަޖައްސަވާފައިވާ ކަމަށެވެ.

ހާފިޒުންގެ ދަފުތަރު ބެލެހެއްޓެވުމުގެ މަސްއޫލިއްޔަތު ވެސް ރައީސް ވަނީ ގުރުއާނާ ބެހޭ މަރުކަޒާ ހަވާލުކޮށްފަ އެވެ.

ރައީސް އެގޮތަށް ހަމަޖެއްސެވީ ފަސޭހަކަމާ އެކު އޮޅުން ކުޑަ ގޮތަކަށް ހާފިޒުންނާ ގުޅޭ މަސައްކަތްތައް ކުރެއްވޭނެ ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށް ރައީސް އޮފީހުން ބުންޏެވެ.