މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބްރާންޗެއް ފުވައްމުލަކުގައި ހުޅުވައިފި އެވެ.
ފުވައްމުލަކުގައި އަލަށް ހުޅުވުނު މި ގޮފިން އެމްއައިބީގެ ހުރިހާ ޚިދުމަތެއް ލިބިގެން އަންނާނެ ކަމަށް އެބޭންކުން މައުލޫމާތުދެއެވެ. އޭގެ ތެރޭގައި އޭޓީއެމްގެ ޚިދުމަތާއި ކަރަންޓް އެކައުންޓް އަދި ސޭވިން އެކައުންޓާއި ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓު ގާއިމުކުރުމުގެ ޚިދުމަތްވެސް ލިބިގެންދާނެއެވެ.
މީގެ އިތުރުން ކޮންޒިއުމަރ އަދި ބިޒްނަސް ފައިނޭސިންގގެ ޚިދުމަތްތަކާއި ރެމިޓަންސް އަދި އިތުރު ގުޅުން ހުރި ޚިދުމަތްތައްވެސް މި ގޮފިން ލިބިގެންދާނެ ކަމަށް އެމްއައިބީ އިން މައުލޫމާތު ދެއެވެ. ފުވައްމުލަކު ބްރާންޗުގައި ހަވާލުވެގެން ހުރީ މިވަގުތު މުހައްމަދު ޝައްފާއުއެވެ. އޭނާއާ އެކު އެ ބްރާންޗުގައި މަސައްކަތް ކުރާނީ ހަމީހުންނެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކުގެ މައި އިދާރާ ހުންނަނީ މާލޭގައެވެ. މާލޭގެ އިތުރުން އައްޑޫ ސިޓީގެ ހިތަދޫ އަދި ގދ. ތިނަދޫގައި ވެސް އެމްއައިބީގެ ގޮތްޕެއް ހުރެ އެވެ.
އެމްއައިބީގެ އަމާޒަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގޮފި ގާއިމުކޮށް، ބޭންކުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުން ކަމަށް ބޭންކުން ބުނެއެވެ.