Last Updated: June 28, 11:03
Sunday, June 28, 2026
ޚަބަރު

ދެ މީހަކަށް ހޮސްޕިޓާލިޓީ ސްކޮލަޝިޕްތަކެއް ދެނީ

އިންޑިއާގެ ތާޖް ހޮޓަލްސް ގްރޫޕުން ހިންގަން ހަމަޖެހިފައިވާ "ސްކޮލަޝިޕް ފޮ ހޮޓެލް މެނޭޖްމަންޓް ޓްރެއިނިން" ޕްރޮގްރާމްގައި ދެ ކެންޑިޑޭޓަކު ނޮމިނޭޓް ކުރުމުގެ ފުރުސތު އައްޑޫ ސިޓީ ކައުންސިލް އިދާރާ އަށް ލިބިފައިވާތީ އެ ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ގެ ފުރުސަތު ކައުންސިލުން ހުޅުވާލައިފި އެވެ.

މިކަމަށް އެދޭ ޒުވާނުންނަށް ސްކޮލަޝިޕްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު ވަނީ އަންނަ މަހުގެ 3 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފަ އެވެ.

ހަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ސްކޮލަޝިޕްގެ ޝަރުތަކުގެ ތެރޭގައި މިހާރު ވެސް ހޮސްޕިޓާލިޓީގެ ދާއިރާގައި ކިޔަވަމުންދާ ނުވަތަ އެ ދާއިރާއިން އެޑްވާންސް، ޑިޕްލޮމާ ނުވަތަ ޑިގްރީ ހާޞިލްކޮށްފައިވުން ހިމެނެ އެވެ.

ކައުންސިލުން ބުނީ ސްކޮލަޝިޕްގައި ބައިވެރިވުމަށް އެދި ސިޓީ ހުށަހަޅާ މީހުންގެ ތެރެއިން ނޮމިނޭޓް ކުރާނެ ކެންޑިޑޭޓުން ކަނޑައަޅާނީ ކައުންސިލްގެ އިދާރާއިން ކަމަށެވެ.

ނަމަވެސް ފުރުޞަތު ދިނުމަށް ނިންމާނީ ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީންނެވެ.

އިންޑިއާގެ ތާޖް ގްރޫޕުން ރާއްޖޭގައި ރިސޯޓްތަކެއް ހިންގަ އެވެ.