Last Updated: June 15, 23:32
Monday, June 15, 2026
ޚަބަރު

އަނަސް ފަރުވާ އަށް މާލެ ފޮނުވާލައިފި

އެންވައިރަމެންޓު މިނިސްޓްރީގެ ވެހިކަލަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު ވަނީ މަރުވެފައި،

އައްޑޫ ސިޓީގެ ހިތަދޫ ލިންކް ރޯޑްގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން ހުސައިން އަނަސް އިތުރު ފަރުވާ އަށް ރޭ މާލެ ފޮނުވާލައިފި އެވެ.

މަރަދޫ ހިނރުދުގަސްދޮށުގޭ އަނަސް، 21، މާލެ ގެންގޮސް އިމަޖެންސީގައި އައިޖީއެމްއެޗް ހޮސްޕިޓަލުގައި އަނަސް އަށް ފަރުވާ ދޭން ވަނީ ފަށާފަ އެވެ. ނަމަވެސް މި ވަގުތު ހޮސްޕިޓަލުގެ ފަރާތުން އޭނާއާ ބެހޭ މައުލޫމާތެއް ލިބިފައެއް ނުވެ އެވެ.

އެކްސިޑެންޓްގައި އަނިޔާވި ގދ. ވާދޫ، ނެސްޓް، އަރުޝަމް އިބްރާހިމް، 12، ވަނީ އިއްޔެ މެންދުރުގެ ވަގުތެއްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވެފަ އެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) އިން ބުނެފައި ވަނީ އަރުޝަމްގެ ބޮލަށް ވަނީ ޒަޚަމްތަކެއް ލިބިފައި ކަމަށެވެ.

އެޗްއާރްއެޗްގެ ޑޮކްޓަރުން ދެ މީހުންވެސް ހޮސްޕިޓަލަށް ގެނައުމުން ވަގުތުން މާލެ ފޮނުވުމަށް ލަފާ ދިނެވެ. އަރުޝަމް ނިޔާވެފައި ވަނީ ފްލައިޓަކުން ޖާގައެއް ނުލިބި ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.