Last Updated: June 15, 23:32
Monday, June 15, 2026
ޚަބަރު

އަހަރުގެ ފަހު ދުވަސް ރަސްމީ ބަންދު ދުވަހަކަށް

މިއަހަރުގެ އެންމެ ފަހު ދުވަސް ކަމަށްވާ ޑިސެމްބަރު 31 ވާ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސުލް ޖުމުހޫރިއްޔާ އަބްދުﷲ ޔާމީން މިއަދު ކަނޑައަޅުއްވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ އާދީއްތަ ދުވަސް ބަންދުކަން އެންގުމަށް ކުރި ޓުވީޓުގައި ބުނެފައިވަނީ އެގޮތަށް ރައީސް ނިންމީ މުވައްޒަފުންނަށް ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ.

އާއަހަރު ފާހަގަ ކުރުމަށް ދިވެހިން ރިސޯޓުތަކަށާއި ކައިރި ރަށްތަކަށް އަދި ރާއްޖެއިން ބޭރަށް އާންމުކޮށް ދަތުރުކޮށް ހަދާއިރު އަހަރުގެ ފަހު ދުވަސް ބަންދު ކުރުމުން މިފަހަރު ބަންދުގެ ގޮތުގައި ތިން ދުވަސް ލިބިގެންދާނެއެވެ.