ސަދަމްޓަންގެ ޑިފެންޑަރު ވާޖިލް ވެންޑައިކް ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައި 75 މިލިއަން ޕައުންޑުގެ އަގަކަށް ލިވަޕޫލަށް ގެންގޮސްފި އެވެ.
ޖެނުއަރީ 1 ގައި ފިނިމޫސުމުގެ ޓްރާންސްފާ ބާޒާރު ފެށޭއިރު ލިވަޕޫލާއި ސަދަމްޓަން ވަނީ ދެކުލަބުގެ ދެމެދުގައި ވެންޑައިކްއާ ދެމެދު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި ހޯމަ ދުވަހު ވެން ޑައިކް ލިވަޕޫލަށް ސޮއިކުރާނެ ކަމަށެވެ.
ވެން ޑައިކް ވަނީ ލިވަޕޫލަށް އާދެވުމުން އުފާވާ ކަމަށާއި އެއީ ދުނިޔޭގެ އެންމެ ބޮޑު އެއް ކުލަބު ކަމަށް ބުނެ ހިތްހަމަޖެހުމުގެ ޝުއޫރުތައް ފާޅުކޮށްފައެވެ. އޭނާ ލިވަޕޫލަށް ސޮއިކޮށްފައިވަނީ ސިޓީންވެސް އޭނާ ހޯދުމަށް މަސައްކަތް ކުރަމުން ދަނިކޮށެވެ. ވެންޑައިކްއަށް ލިވަޕޫލްގައި ކުޅޭއިރު މުސާރައިގެ ގޮތުގައި ހަފްތާއަކު 180،000 ޕައުންޑު ލިބޭނެއެވެ.
ވެން ޑައިކް ވެފައިވަނީ ޕްރިމިއާ ލީގު ތާރީޚުގައި ސަދަމްޓަންއިން ލިވަޕޫލަށް ގެނައި 8 ވަނަ ކުޅުންތެރިޔާއަށެވެ. އޭގެ ތެރެއިން ހަ ކުޅުންތެރިންނަކީ ފާއިތުވެދިޔަ ތިން ސީޒަނުގެ ތެރޭގައި ގެނެސްފައިވާ ކުޅުންތެރިންކަން ފާހަގަކޮށްލެވެއެވެ.