Last Updated: June 11, 09:15
Thursday, June 11, 2026
މުނިފޫހިފިލުވުން

"ގަންޗައްކަރު" ގެ ޓްރެއިލާ ލޯންޗްކޮށްފި

ވިދިޔާ ބާލަން އާއި އިމްރާން ހާޝިމީ ލީޑް ރޯލް ކުޅެފައިވާ ކޮމެޑީ ފިލްމް "ގަންޗައްކަރު" ގެ ޓްރެއިލާ ލޯންޗްކޮށްފި އެވެ،

މި ފިލްމްކީ ވިދިޔާ ފިރިމީހާ ސިދާތު ރޯއި ކަޕޫރު ސީއީއޯގެ މަގާމު އަދާ ކުރާ ޔޫޓީވީ އާއި ރޮނީ ސްކްރޫވާލާ ޕްރޮޑިއުސްކޮށް، ރާޖް ކުމާރު ގުޕްތާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ގުޕްތާއަކީ ވިދިޔާ މުހިއްމު ރޯލެއް އަދާ ކުރި ކާމިޔާބް ފިލްމް "ނޯވަލް ކިލްޑް ޖެސިކާ" ގެ ޑައިރެކްޓަރު ވެސް މެ އެވެ.

"ގަންޗައްކަރު" އަކީ ދެމަފިރިއެއްގެ މެދުގައި ހިނގާ ހެއްވާ މަހާ ހާދިސާތަަކެއް ދައްކުވައި ދޭ ފިލްމެކެވެ. މި ފިލްްމުގައި ވިދިޔާ ފެނިގެން ދާނީ "ލައުޑް" ޓިޕިކަލް ޕަންޖާބީ އަންބެއްގެ ރޯލުންނެވެ. މިއީ "ދި ޑާޓީ ޕިކްޗާ" އަށް ފަހު ވިދިޔާ އާއި އިމްރާން އެކުގައި ފެންނަ ފުރަތަމަ ފިލްމް ވެސް މެ އެވެ.

"ގަންޗައްކަރު" ސިނަމާތަކަށް އަންނާނީ ޖޫން މަހުގެ 21 ގަ އެވެ.