ގދ. މަޑަވެލި ފުލުހުންނާއި ކައުންސިލާއި ދެމެދު މައްސަލަ ޖެހި ފުލުސް އޮފީސް ހުސްކޮށް، އެރަށުގައި ފުލުހުން ދެމުން އައި ޚިދުމަތް މެދުކަނޑާލަން ޖެހިއްޖެއެވެ.
މަޑަވެލި ފުލުސް އޮފީސް ހުސްކޮށްފައިވަނީ ފުލުހުންނާ ކައުންސިލާއި ދެމެދު އެއްބަސްވުމަކަށް ނާދެވުމުންނެވެ. މިހާރު ޚިދުމަތް ދެމުން އަންނަނީ ކައުންސިލާއި ފުލުހުން ގުޅިގެން ދެފަރާތުން ޚަރަދުތައް ހިއްސާކޮށްގެންނެވެ.
ނަމަވެސް ފުލުހުންނާއި ކައުންސިލާއި ދެމެދު މިކަމާ ގުޅޭގޮތުން އެއްބަސްވުމަކަށް ނާދެވި، ފުލުސް އޮފީސް ހުސްކޮށް ފުލުހުންގެ ޚިދުމަތުން ރައްޔިތުން މަޙްރޫމްވާ ހިސާބަށް ވަނީ އައިސްފައެވެ.
ފުލުހުން ބުނެފައިވަނީ ފުލުހުން ގާނޫނީ ވާޖިބު އަދާކުރުމުގައި ކައުންސިލުގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. މިމައްސަލައިގެ އިތުރު ތަފްސީލެއް ހޯދުމަށް މަޑަވެލި ކައުންސިލާއި ގުޅުމަށް ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއް ވަނީ ނުވެފައެވެ.