Last Updated: June 15, 20:30
Monday, June 15, 2026
ކުޅިވަރު

ނިއުކާސަލް ބަލިކޮށް ސިޓީގެ ލީޑް 15 ޕޮއިންޓަށް ފުޅާކޮށްފި

ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ އަދި ނިއުކާސަލް ޔުނައިޓެޑު ބައްދަލުކުރި މެޗު 0-1 އިން ސިޓީ ކާމިޔާބުކޮށް ދެވަނައިގައި އޮތް ޔުނައިޓެޑާއި ދެމެދު 15 ޕޮއިންޓަށް ލީޑު ފުޅާކޮށްފިއެވެ.

މެޗުން މޮޅުވެ ސިޓީއިން ވަނީ ޖެހިޖެހިގެން އެންމެ ގިނަ މެޗުން މޮޅުވެ ހަދާފައިވާ ރެކޯޑު 18 މެޗަށް ގެންގޮސްފައެވެ. ސީޒަނުގައި ކުޅުނު 20 މެޗުގެ ތެރެއިން 19 މެޗުން މޮޅުވެ ސިޓީގެ ތާރީޚުގައިވެސް އެންމެ ފާހަގަކޮށްލެވޭ ސީޒަނަށް މިސީޒަން ވަނީ ވެފައެވެ.

މެޗުގެ ހަމައެކަނި ލަނޑު 31 ވަނަ މިނެޓުގައި ޖަހާފައިވަނީ ސީޒަނުގައި ވިދަމުން އަންނަ ރަހީމް ސްޓާލިންގްއެވެ. އޭނާގެ ގޯލަށް އެސިސްޓުކޮށްދީފައިވަނީ ކެވިން ޑިބްރުއޭނާއެވެ.

މެޗުގައި ސިޓީން ޖުމުލަ 21 ހަމަލާ ގޯލަށް ފޮނުވާފައިވާއިރު ގޯލާއި އަމާޒުވެފައިވަނީ 6 ހަމަލާއެވެ. ނިއުކާސަލްއިން ޑިފެންސަށް ވިސްނައިގެން ކުޅުނު މިމެޗުގައި އެޓީމުން ހަދާފައިވަނީ ޖުމުލަ ހަ ހަމަލާއެވެ. އޭގެ ތެރެއިން ގޯލާ އަމާޒުވެފައިވަނީ އެންމެ ދެ ހަމަލާއެވެ.

ސިޓީން ދެން ކުޅެން ޖެހެނީ އާދީއްތަ ދުވަހު ކްރިސްޓަލް ޕެލެސްއާ ދެކޮޅަށެވެ. ޕެލެެސް ވަނީ މެނޭޖަރު ކަމަށް ރޮއި ހޮޑްސަން ހަމަޖެއްސި ފަހުން ކުޅުން ރަނގަޅުކޮށް ތާވަލުގެ ފުލުން ސަލާމަތްވެފައެވެ.