Last Updated: May 1, 13:46
Thursday, May 1, 2025
ޚަބަރު

"އެއިރާ މާޓް" ގެ އާ އަހަރުގެ ސޭލް ފަށައިފި

ފޭދޫ ބޮޑުމަގުގައި ވަރަށް ފަހުން ހުޅުވި ފިހާރާއެއް ކަމަށްވާ އެއިރާ މާޓްގެ އާ އަހަރުގެ ސޭލް މިއަދު ފަށައިފި އެވެ.

މިއަދުން ފެށިގެން މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ އަހަރީ ސޭލްގައި ކަސްޓަމަރުންނަށް 30-50 އާ ދެމެދުގެ ޑިސްކައުންޓެއް ލިބޭނެ އެވެ.

އެއިރާ މާޓްގެ މި ސޭލްގައި އެކި އުމުރުގެ މީހުންގެ ހެދުމާއި ފޮއްޗާއި ތަފާތު އެހެން ގިނަ ބާވަތްތަކުގެ މުދާ ގަންނަން ލިބޭނެ އެވެ.

ދެ ބުރިއަށް ހަދާފައިވާ މި ފިހާރަ މިހާރު ވަނީ ބޮޑު ވެސްކޮށްފަ އެވެ.