އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި އެވަޓަން ބައްދަލުކުރި މެޗު 0-2 އިން ޔުނައިޓެޑު ކާމިޔާބުކޮށް އެވަޓަންގެ މައްޗަށް ހޯދި 35 ވަނަ މޮޅު ރޭ ހޯދައިފިއެވެ.
ފަހު ހާފުގައި ރޭގެ މެޗުގެ ދެގޯލުވެސް ފެނިގެން ގޮސްފައިވާއިރު ފުރަތަމަ ހާފުގައި ޔުނައިޓެޑު ޓީމުން ފެނިގެން ދިޔައީ އާދައިގެ ކުޅުމެކެވެ. އެވަޓަން އިން ހުސް ފުރުސަތުތަކެއް ހޯދި ނަމަވެސް އެއްވެސް ފުރުސަތެއް ގޯލަށް ނުރައްކާ ކުރެވިފައެއް ނުވެއެވެ.
ޔުނައިޓެޑުގެ ފުރަތަމަ ގޯލު 57 ވަނަ މިނެޓުގައި ޖަހާފައިވަނީ އެންތޮނީ މާޝިއަލްއެވެ. ޕޮގްބާ ދިން ބޯޅައަކުން މާޝިއަލް ފޮނުވާލި ބޯޅަ އަމާޒުވެގެން ގޮސްފައިވަނީ ގޯލުގެ މަތީ ކަނަށެވެ.
ދެވަނަ ގޯލު 81 ވަނަ މިނެޓުގައި ޖެސީ ލިންގާޑު ޖަހާފައިވާއިރު މިގޯލަކީވެސް ޕޮގްބާގެ އެސިސްޓަކުން ކާމިޔާބުކުރި ގޯލެކެވެ. ނަމަވެސް ލިންގާޑު ވަނީ މާޝިއަލްއެކޭ އެއްފަދައިން ގޯލުގެ މަތީ ކަނަށް ބޯޅަ އަމާޒުކޮށް، ވަރަށް ފުރިހަމަކަމާއެކު ގޯލު ޖަހާފައެވެ.