Last Updated: June 15, 20:30
Monday, June 15, 2026
ޚަބަރު

ފަރާ އަށް ހުކުމް ކުރުން ހެނދުނަށް ތާވަލުކޮށްފި

ހުކުރު ނަމާދަށް ފަހު އަނިޔާވެެރިކަމާ ދެކޮޅަށް ދުއާކޮށްގެން ހައްޔަރު ކުރި އަހުމަދު ފަރްހާން (ފަރާ) ގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ހުކުމް އިއްވުން މިއަދު ހެނދުނު 11:15 އަށް ތާވަލުކޮށްފިއެވެ.

"އައްޑޫލައިވް" އަށް އެނގިފައިވާ ގޮތުގައި ފަރާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޤާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ޤަސްދުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާ އެވެ.

ފަރާގެ މައްސަލަ ނިންމައި ހުކުމް ކުރުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހަށް ކުރިން ތާވަލު ކުރި ނަމަވެސް އެދުވަހުގެ އެ މައްސަލަ ވަނީ ފަސްކޮށްފައެވެ.

ފަރާ އެންމެ ފުރަތަމަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ 2016 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ހުކުރު ނަމާދަށް ފަހު މިސްކިތުގެ ގޯތި ތެރޭގައި ދުއާ ކުރަން ހުއްޓައެވެ.

އެހެން ނަމަވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު ފަރާގެ މައްޗަށް ކޮށްފައިވަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުނު ކަމަށެވެ.