މޯލްޑިވިއަންގެ ސީޕްލޭން ފްލީޓް ވަރުގަދަ ކުރުމުގެ ގޮތުން ރާއްޖެ ގެނައި 13 ވަނަ ސީޕްލޭން މިއަދު ރާއްޖެ ގެނެސްފިއެވެ.
މިއަދު ގެނައި ސީޕްލޭނަކީ ޑީއެޗްސީ 6 ޓްވިން އޮޓަރ މަރުކާގެ ބޯޓެކެވެ. މޯލްޑިވިއަންގެ ސީޕްލޭން ފްލީޓު ވަރުގަދަ ކުރުމުގެ ގޮތުން އާ ސީޕްލޭނެއް މިދިޔަ މަހުގައިވެސް ވަނީ ރާއްޖެ ގެނެސްފައެވެ.
އަދި މިމަހުގެ އިތުރު ބޯޓެއްވެސް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މޯލްޑިވިއަން އިން މައުލޫމާތުދޭ ގޮތުގައި ރާއްޖެ ގެންނަ ސީޕްލޭން ތަކަކީ މުޅިންވެސް ގަނެގެން ގެންނަ ބޯޓުތަކެވެ.