Last Updated: July 1, 20:14
Wednesday, July 1, 2026
ޚަބަރު

ޕީޕީއެމް ޕްރައިމަރީ ވޯޓުލުން އައްޑޫގައި ކުރިއަށް!

މިއަދު ހެނދުނު ފެށި ޕީޕީއެމް ޕްރައިމެރީގެ ވޯޓުލުން އޮމާން ކަމާއި އެކު ކުރިއަށް އެބަދާކަމަށް ޕީޕީއެމް ބުނެފިއެވެ.

ޕީޕީއެމް އިން ބުނީ މެންދުރު 12 ޖެހުމާއި ހަމައަށް ހިތަދޫ މެދުވަލު ވޯޓު ފޮއްޓަށް ވޯޓުލާފައިވަނީ 155 މީހުންނެވެ. އެދާއިރާގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 370 މީހުން ތިބިކަމަށްވެއެވެ. ހިތަދޫ ބޭރުމަތީ ވޯޓު ފޮއްޓަށް 255 މީހުން ވޯޓުލާފައިވަ އިރު އެސަރަހައްދުގައި ވޯޓުލާންޖެހޭ 447 މީހުން އެބަތިއްބެވެ. ހިތަދޫ ސްކޫލްގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަށް 143 މީހުން ވޯޓު ލާފައިވާ އިރު އެސަރަހްދުގައި ވޯޓުލާންޖެހޭ 314 މީހުން އެބަތިއްބެވެ.

ފޭދޫގައި ހުރި ވޯޓު ފޮއްޓަށް މެންދުރު ކުރިން ވަނީ 155 މީހުން ވޯޓުލާފައެވެ. ފޭދޫގައި ވޯޓުލުމުގެ ހައްގުލިބިގެންވާ 465 މީހުން ތިބިކަމަށް ފޭދޫ ޕީޕީއެމްއިން މައުލޫމާތުދެއެވެ.

މަރަދޫ ފޭދޫން މިހާތަނަށް ވޯޓުލާފައިވަނީ 55 މީހުންނެވެ. އެރަށުގައި ޕީޕީއެމްގެ 137 މީހުން އެބަތިއްބެވެ. ހުޅުމީދޫން ވަނީ މިހާތަނަށް 140 މީހުން ވޯޓުލާފައެވެ. އެއަވަށުގައި ޕީޕީއެމްގެ 400 މީހުން ތިބިކަމަށްވެއެވެ.

މަރަދޫން މިހާތަނަށް ވޯޓުލާފައިވަނީ 65 މީހެކެވެ. އެރަށުގައި ތިބީ ވޯޓުލާން ޖެހޭ 180 މީހުންކަމަށް މަރަދޫ ޕީޕީއެމް އިން މައުލޫމާތުދެއެވެ.

ޕީޕީއެމްގެ ވޯޓުލުން މިއަދު ހަވީރު 4 ޖެހުމާއި ހަމައަށް ކުރިއަށްގެންދާނެއެވެ.