އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީއާއި ވަޓްފޮޑް ބައްދަލުކުރި މެޗު 1-3 އިން ސިޓީ ކާމިޔާބުކޮށްފިއެވެ.
ސިޓީގެ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ދެ ލަނޑު ސިޓީން ޖަހާފައިވަނީ މެޗުގެ ފުރަތަމަ 15 މިނެޓު ތެރޭގައެވެ. މެޗު ފެށިގެން އެންމެ މިނެޓެއްވެސް ނުވަނީ ރަހީމް ސްޓާލިންގ ވަނީ ސިޓީއަށް ލީޑު ނަގާދީފައެވެ.
އަދި ދެވަނަ ލަނޑަކީ ވަޓްފޮޑްގެ ކަބަސެލޭ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ސިޓީގެ ފަހު ލަނޑު 63 ވަނަ މިނެޓުގައި ޖަހާފައިވަނީ އަގުއޭރޯއެވެ.
މިމެޗުގައި ވަޓްފޮޑްގެ ހަމައެކަނި ލަނޑު 83 ވަނަ މިނެޓުގައި ޖަހާފައިވަނީ އަންޑްރޭ ގްރޭއެވެ. ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު ސްޕާސް ވަނީ 0-2 އިން ސްވެންސީ ބަލިކޮށްފައެވެ. އަދި ވެސްޓް ހެމް ވަނީ ވެސްޓް ބްރޮމް 1-2 އިން ބަލިކޮށްފައެވެ. ކްރިސްޓަލް ޕެލެސް އިން ސަދަމްޓަން ބަލިކޮށްފައިވަނީ ވެސް 1-2 އިންނެވެ.