Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

2050 ގައި ދުނިޔޭން ޗޮކްލެޓް ހުސްވެދާނެ!

މިއީ ޗޮކްލެޓް ކާން ޝައުގުވެރިވާ މީހުން މާޔޫސް ކުރުވަފާނެ ވާހަކައަކަށް ވެދާނެ އެވެ. ސައިންޓިސްޓުން މިހާރު ބުނަނީ 2050 އާ ހަމައަށް އަންނަ އިރު، ދުނިޔޭން ޗޮކްލެޓް ހުސްވެދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށެވެ.

އެ މީހުން ބުނާ ގޮތުގައި މޫސުމަށް އަންނަ ބަދަލާ އެކު، ދުނިޔެ ހޫނުވުމުގެ ނުރައްކަލާ އެކު، ޗޮކްލެޓްގެ އަސްލު ކަމަށްވާ ކޮކޯ ގަސް ނެތިދުއުމުގެ ބިރު ބޮޑެވެ. އެހެންވެ 2050 ގެ ކުރީކޮޅު މީގެ ހިތިކަމާ ކުރިމަތިލާން ޖެހޭނެ އެވެ.

ކޮކޯ ގަހަކީ ތެތްފިނި ކަމެއްގެ ތެރޭގައި ހެދި ބޮޑުވާ ގަހަކަށްވި ނަމަވެސް، ހޫނުވުމުގެ މައްސަލަތަކާ އެކު އެ ގަސް އާލާވުމުގެ ފުތުސަތު ކުޑަކޮށްލާނެ އެވެ. މި ސަބަބާ ހުރެ ސައިންޓިސްޓުން މިހާރު ވަނީ ކޮފީ ބީންސް އާލާ ކުރެވިދާނެ ޓެކްނޮލޮޖީއަކާ ދޭތެރޭ ވިިސްނަމުންނެވެ.

އެގޮތުން ކެލިފޯނިއާ ޔުނިވަސިޓީގެ ޓީމުން މިހާރު އަންނަނީ މަޝްހޫރު ޗޮކްލެޓް މާސްއާ އެކު ކްރިސްޕްއާރް ކިޔާ ޖީންއެއް އާލާކޮށް ތަޖުރިބާ ކުރަން ތައްޔާރުވަމުންނެވެ.