ގދ. ގައްދޫގައި 83 އަހަރުގެ މީހަކު މަރުވެފައި އޮތްވާ ފެނިއްޖެއެވެ. އެމީހާ މަރުވެފައި އޮތްވާ ފެނިފައިވަނީ އެރަށު ފަޅު ތެރެއިން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެނގިފައިވާ ގޮތުގައި މަރުވެފައި އޮތްވާ ފެނުނީ 83 އަހަރުގެ ހުސެއިން މަނިކު ނަމަކަށް ކިޔާ މީހެކެވެ. އަދި އޭނާ މަރުވެފައިވާ ކަން ފުލުހުންނަށް އެނގިފައިވަނީ މިއަދު މެންދުރު 13:35 އެހާކަށްހާއިރުގައި ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށް މައުލޫމާތު ދެމުން ބުނެފައިވަނީ ދުވަސްވީ މީހާ ވަނީ ފުލުސް އިދާރާއަށް ގެންދިޔަ އިރުގައިވެސް މަރުވެފައި ކަމަށެވެ. އަދި ޑޮކްޓަރުން އެމީހާ މަރުވި ސަބަބު ދެނެގަތުމަށް މަސައްކަތް ކުރާ ކަމަށާއި މިވަގުތު އޭނާގެ މަރާއި ގުޅިގެން އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.