ގައުމިއްޔަތު ދިރުވައި އާލާ ކުރާ ދުވަހެއް ފާހަގަކުރުމަށް ނިންމަވައި، ރައީސް އަބްދުﷲ ޔާމީން މިއަހަރުން ފެށިގެން ކޮންމެ އަހަރަކު މާޗު ހަ ވަނަ ދުވަހަކީ ރާއްޖޭގެ ގައުމިއްޔަތު އާލާކުރާ ދުވަސް ކަމުގައި މިއަދު ކަނޑައަޅުއްވައިފިއެވެ.
ދިވެހިންގެ ގައުމިއްޔަތު އާލާކޮށް، ގައުމީ ރޫހު އުފެއްދުމުގެ މަގުސަދުގައި މިދިޔަ އަހަރުގެ މާޗު މަހުގެ ހަވަނަ ދުވަހު ރައީސުލް ޖުމުހޫރިއްޔާ ތަރިކަ މަޝްރޫއު އިފްތިތާހު ކޮށްފައިވާއިރު ކޮންމެ މިއަހަރުން ފެށިގެން ކޮންމެ އަހަރެއްގެ މާޗު 6 ވަނަ ދުވަހު ގައުމިއްޔަތު ދިރުވައި އާލާ ކުރާ ދުވަސް ކަމަށް ވަނީ ކަނޑައަޅާފައެވެ.
ރައީސް ޔާމީން ވަނީ ގައުމިއްޔަތު ދިރުވައި އާލާ ކުރާ ދުވަހު ދައުލަތުގެ ހުރިހާ މުއައްސަސާއަކުންވެސް ހޯމް މިނިސްޓްރީއާއި ތަރިކަ ކޮމިޓީއަށް ދުވަސް ފާހަގަކުރުމުގައި އެހީތެރިވުމަށް ގޮވާލާފައެވެ.