Last Updated: June 15, 18:15
Monday, June 15, 2026
ޚަބަރު

މާލޭގައި މާރާމާރީ ހިންގައި މީހަކު ޒަޚަމްކޮށްލައިފި

މާލޭގައި މިއަދު ހިިންގި މާރާމާރީއެއްގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައި ޒަޚަމްކޮށްލައިފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ހަމަލާ ދީފައިވަނީ 23 އަހަރުގެ ޒުވާނަކަށެވެ. އަދި މިހާދިސާ ހިނގާފައިވަނީ ކުރީގެ ބާއިންޖީނުގޭގެ ކައިރީގައި ކަމަށާއި އަނިޔާވި މީހާ މިހާރު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ޒަޚަމްވި މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ދީފައި ނުވި ނަމަވެސް މިމައްސަލައިގެ ތަހުގީގު ފުލުހުން ފަށާފައިވާކަން އެއިދާރާއިން ވަނީ ހާމަކޮށްފައެވެ.

ނިމިގެން ދިޔަ 2017 ވަނަ އަހަރުގައި މާލެއާއި ހުޅުމާލޭގައި ހިންގި މާރާމާރީތަކުގައި ޒަޚަމްވި ޒުވާނުންތަކެއް ވަނީ ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވެފައެވެ.