އިލެކްޝަންސް ކޮމިޝަނުން ކުރާ އެއްވެސް ކަމެއްގައި ރައީސް އަބްދުﷲ ޔާމީންގެ ނުފޫޒެއް ނެތި ނުދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ހަސަން ލަތީފްގެ ފާޑުކިޔުންތައް އިލެކްޝަންސް ކޮމިޝަނަށް އަމާޒުވެފައިވަނީ އިލެކްޓްރޯނިކް ވޯޓިން ސިސްޓަމެއް ބޭނުންކުރާ އަޑު ފެތުރުމާއި ގުޅިގެންނެވެ. ހަސަން ވިދާޅުވެފައިވަނީ ބޭރުގެ ފަރާތްތަކުންވެސް ރާއްޖޭގައި އީ-ވޯޓިންއަށް ތާއީދު ނުކުރާ ކަމަށާއި އެހެން ކަމުން އެފަދަ ކަމެއް ކުރަން ސަރުކާރުން އުޅޭ ކަމަށް ނުފެނޭ އޭނާ ވިދާޅުވިއެވެ.
ނަމަވެސް ސަރުކާރުން އެނިންމުމަށް ނުދާނެ ކަމަށް މުޅިން ގަބޫލުނުކުރެވޭނެ ކަމަށްވެސް ހަސަން ވިދާޅުވެފައިވެއެވެ. އަދި އެއީ އެމްޑީޕީ އާއި އިދިކޮޅު ފަރާތްތަކުން ގަބޫލުކުރާނެ ނިޒާމެއް ނޫން ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
އިދިކޮޅު ފަރާތްތަކުންގެ މުހިންމު އެޖެންޑާއެއް މިއަހަރަށް އެބައޮތް ކަމަށާއި އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލިސް ތެރެއިން ހެޔޮ ބަދަލުތައް ގެނައުން ހިމެނޭ ކަމަށްވެސް ހަސަން ލަތީފް ވިދާޅުވެފައިވެއެވެ.
އިދިކޮޅު އިއްތިހާދުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ރައީސް މައުމޫން އާ އަހަރުގެ އަމާޒަކަށް ކަނޑައަޅުއްވާފައި ވަނީވެސް "ހިސޯރުކޮށްފައި" އޮތް މަޖިލިސް މިނިވަން ކުރުމެވެ.