އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް އާއި ޗެލްސީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެއްޖެއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ދެޓީމުގެ ފަރާތުންވެސް ވަނީ ގިނަ ހަމަލާތަކެއް ގޯލަށް ފޮނުވާފައެވެ. ނަމަވެސް ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
ދެވަނަ ހާފު ފެށިގެން ފުރަތަމަ 20 މިނެޓު ތެރޭގައި އާސެނަލް އިން ލީޑު ނެގިއެވެ. މެޗުގެ 63 ވަނަ މިނެޓުގައި އާސެނަލްގެ ލަނޑު ކާމިޔާބުކޮށްފައިވަނީ ޖެކް ވިލްޝެއާއެވެ.
ނަމަވެސް ޗެލްސީން ވަނީ މާގިނަ އިރުތަކެއް ނުވެ ނަތީޖާ އެއްވަރުކޮށްފައެވެ. ޕެނަލްޓީ އޭރިޔާ ތެރެއިން އާސެނަލް ޑިފެންޑަރަކު ހަޒާޑަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ ޗެލްސީއަށް ޕެނަލްޓީއެއް ދީފައެވެ. ޕެނަލްޓީ ގޯލުގެ ތެރެއަށް ފޮނުވައިގެން ނަތީޖާ އެއްވަރުކުރީ ހަޒާޑްއެވެ.
ޗެލްސީ އިން މެޗުގެ ލީޑު ނެގީ 83 ވަނަ މިނެޓުގައި މާކަސް އެލޮންސޯ ޖެހި ގޯލަކުންނެވެ. ނަމަވެސް މެޗު ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް އާސެނަލްއަށް ނަތީޖާ އެއްވަރުކޮށްދިނީ ބެލެރިންއެވެ.
އާސެނަލް ވަނީ މޮޅު ނުވެވި އަނެއްކާވެސް ތާވަލުގެ ހަވަނައަށް ވެއްޓިފައެވެ. ޗެލްސީ އޮތީ ދެވަނައިގައި އޮތް މެން ޔުނައިޓެޑަށްވުރެ އެއް ޕޮއިންޓު ފަހަތުގައި ތިންވަނައިގައެވެ.