Last Updated: April 29, 15:08
Monday, April 29, 2024
ޚަބަރު

އެޗްއާރްއެޗްގެ ކިއު ނަމްބަރު 7:00 އިން ފެށިގެން ދޫކުރަނީ

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) އިން ހިދުމަތް ހޯދާ މީހުންނަށް ލުއި ކުރުމަށް އާ އަހަރާ ދިމާކޮށް އެޅި ފިޔަވަޅުތަކުގެ ތެރެއިން ޑޮކްޓަރު ދައްކަން އެޕޮއިންޓްމަންޓް ހެއްދުމަށް ދޫކުރާ ކިއު ނަމްބަރު ހެނދުނު 7:00 އިން ފެށިގެން ދޫކުރާ ގޮތަށް ނިންމައިފި އެވެ.

ހޮސްޕިޓަލުން ނެރުނު ހާއްސަ ދެންނެވުމުގެއްގައި ބުނީ ހެނދުނު 7:00 ގައި ކިއު ނަމްބަރު ދޫކުރަން ފެށި ނަމަވެސް، މެމޯ ހައްދައި ދޭން ފަށާނީ 8:15 ގައި ކަމަށެވެ. ކޮންމެ ނަމްބަރަކަށް ހަދައި ދޭނީ އެއް މެމޯ އެވެ.

އެޗްއާރްއެޗްގެ ހިދުމަތް ހޯދަން އެޕޮއިންޓްމަންޓް ހަދަން ގުޅަން ޖެހެނީ 6888672 އަށެވެ.