Last Updated: June 15, 18:15
Monday, June 15, 2026
ޚަބަރު

އީޔޫގެ ވަފުދެއް އަނެއްކާ ވެސް ރާއްޖެ އަށް

ޔޫރޮޕިއަން ޔޫނިއަންގެ އިސް ބައެއް މެމްބަރުން ހިމެނޭ ވަފުދެއް އަނެއްކާވެސް ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށް އަޑުފެތުރެން ފަށައިފިއެވެ.

މިފަހަރުގެ ވަފުދުގައި ޔޫރޮޕިއަން އެކްސްޓާނަލް އެކްޝަން ސާވިސެސްގެ އޭޝިޔާ ޕެސިފިކް ސަރަހައްދުގެ ޑިރެކްޓަރު، ޕޯލާ ޕެމްޕަލޮނީވެސް ބައިވެރިވާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ޕޯލާއާއި އީޔޫއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު މި ދަތުރުގައި ރާއްޖެ ވަޑައިގަތުމުގެ ކުރިން އަވަށްޓެރި ސްރީ ލަންކާއަށް ވަޑައިގަތުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި އެގައުމަށް ވަޑައިގެން ލަންކާގައި ތިއްބެވި އިދިކޮޅު ސިޔާސީ ފަރާތްތަކާއި ބައްދަލުކުރައްވާނެ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

އީޔޫގެ ޕާލަމެންޓުގެ ވަފުދެއްވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައިވެސް ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ. އެ ދަތުރުގައި އީޔޫއިން ވަނީ ރައީސް ޔާމީނާއި ސަރުކާރުގެ އިސް ބައެއް ވަޒީރުންގެ އިތުރުން ސިޔާސީ ޕާޓީތަކާއިވެސް ބައްދަލުކޮށްފައެވެ.