Last Updated: May 15, 17:33
Wednesday, May 15, 2024
ޚަބަރު

އައިއެމްޑީސީ އިތުރަށް ތަރައްގީ ކުރަން މަޝްވަރާތަކެއްކޮށްފި

ހިތަދޫގައި ހިންގަމުން އަންނަ ޕްރައިވެޓް ހޮސްޕިޓަލް އިންޓަނޭޝަނަލް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓާރ(އައިއެމްޑީސީ) އިތުރަށް ތަރައްގީ ކުރުމަށް މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށް އެ ހޮސްޕިޓަލް ހިންގާ ސިމްޑީ ކުންފުނިން ބުނެފި އެވެ.

އެ ކުންފުނީގެ އެއް ހިއްސާދާރު ކަމަށްވާ ކުރީގެ ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާގެ ފިރިކަނލުން އިބްރާހީމް މުހައްމަދުދީދީ ފޭސްްބުކްގައި ވިދާޅުވީ އައިއެމްޑީސީ އިތުރަށް ތަރައްގީ ކުރުމާ ގުޅޭ ގޮތުން ޖަރުމަންގެ މަޝްހޫރު ޑޮކްޓަރެއް ކަމަށްވާ ޑރ. ގަންޓާއާ މަޝްވަރާތަކެއްކޮށްފައިވާ ކަަމަށެވެ.

ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފސީލެއް އޭނާ ނުދެއްވަ އެވެ.

އައިއެމްޑީސީއަކީ 2008 އިން ފެށިގެން ހިތަދޫގައި ހިންގަމުން އަންނަ އަދި ގިނަ ބަޔަކު ހޯދަމުން އަންނަ ހޮސްޕިޓަލެކެވެ. ހިތަދޫގައި ހިންގާ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) އިން ނުލިބޭ ބައެއް ހިދުމަތްތައް ވެސް އައިއެމްޑީސީން ލިބެ އެވެ.