ލަވަކިޔުންތެރިޔާ ސުނީދީ ޗޯހަން އަލަށް މަންމަ އަކަށް ވެއްޖެ އެވެ.
ސުނީދީ ވަނީ މިދިޔަ ހޯމަ ދުވަހު މުމްބާއިގެ ހޮސްޕިޓަލެއްގައި އޭނާގެ ފުރަތަމަ ދަރިފުޅު ވިހާފައެވެ. ސުނީދީ އަށް ލިބުނީ ފިރިހެން ކުއްޖެއް ކަމަށް މަޢުލޫމާތު ލިބެއެވެ.
ސުނީދީގެ ޑޮކްޓަރު ކަމުގައިވާ ޑރ. ރަންޖަނާ ދަނޫ ވިދާޅުވި ގޮތުގައި މަންމަ އާއި ދަރިފުޅުގެ ހާލުވެސް ރަނގަޅެވެ. އަދި 1 ޖެނުއަރީ 2018ގެ ހަވީރު ގަޑިން 17:20 ގައި ސުނީދީ އަށް ކުއްޖަކު ލިބުމާއި ގުޅިގެން އޭނާ އާއި އޭނާގެ ފިރިހެނުން ހިތޭޝް ވެސް ހުރީ ވަރަށް އުފަލުން ކަމަށްވެސް ޑޮކްޓަރު މަޢުލޫމާތު ދެއެވެ.
ސުނީދީގެ ފިރިމީހާ އަކީ މަޝްހޫރު މިއުޒިކް ކޮމްޕޯޒަރު ކަމުގައިވާ ހިތޭޝް ސޯނިކް އެވެ. ސުނީދީގެ އެންމެ މަޝްހޫރު ލަވަތަކުގެ ތެރޭގައި "ޑާންސް ޕެ ޗާންސް"، "ކަމްލި"، "މެ ބަނި ތެރި ރާދާ" އަދި "ޖަސްޓް ގޯ ޓު ހެލް" ވެސް ހިމެނެއެވެ.