Last Updated: June 28, 13:55
Sunday, June 28, 2026
މުނިފޫހިފިލުވުން

"ޕެޑްމޭން" ގެ އާ ލަވައެއް ރިލީޒްކޮށްފި

އަކްޝޭ ކުމާރްގެ ފިލްމް "ޕެޑްމޭން"ގެ މުޅިން އާ ލަވައެއް އިއްޔެ ރިލީޒް ކޮށްފި އެވެ.

އިއްޔެ ރިލީޒް ކޮށްފައި ވަނީ ފިލްމްގެ ދެވަނަ ލަވަ ކަމުގައިވާ "ހޫ ބާ ހޫ" އެވެ.

ފިލްމްގެ ލީޑް އެކްޓަރު ކަމުގައިވާ އަކްޝޭ ކުމާރް ވަނީ މި ލަވައިގެ ވީޑިއޯ އޭނާގެ ރަސްމީ ޓްވިޓާ އެކައުންޓް މެދުވެރިކޮށް ހިއްސާކޮށްފައެވެ.

މި ލަވައިން ފެނިގެންދަނީ އަކްޝޭ (ލަކްޝްމިކާންތް) އާއި އެންޖީއޯ އެއްގައި މަސައްކަތް ކުރަމުން އަންނަ ސޯނަމް އާއި ދެމީހުން ރަހުމަތްތެރިވާ މަންޒަރެވެ.

މި ލަވަ ކޮމްޕޯޒް ކޮށް އަދި ކިޔާފައި ވަނީ އަމިތް ތްރިވޭދީ އެވެ. އަދި ލަވައިގެ ލިރިކްސް ލިޔެފައި ވަނީ ކައުސަރް މުނީރް އެވެ.

ޓްވިންކަލް ކައްނާ ޕްރޮޑިއުސް ކޮށް އާރް. ބަލްކީ ޑައިރެކްޓް ކޮށްފައިވާ "ޕެޑްމޭން" ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 26 ވަނަ ދުވަހު އެވެ.