Last Updated: June 28, 13:55
Sunday, June 28, 2026
މުނިފޫހިފިލުވުން

"އަންކޭނީ ވެލީ" ޕްރޮޑިއުސް ކުރާނީ އެލިޒަބެތާއި މައިކަލް

"އަންކޭނީ ވެލީ" ޕްރޮޑިއުސް ކުރާނީ އެކްޓްރެސް އެލިޒަބަތު ބޭންކްސް އާއި މައިކަލް ޑި ލޫކާ ކަމުގައި ޚަބަރުތައް ބުނެފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ލޫކާ މި ޕްރޮޖެކްޓް ޕްރޮޑިއުސް ކުރާނީ އޭނާގެ މައިކަލް ޑި ލޫކާ ޕްރޮޑަކްޝަންސް މެދުވެރިކޮށެވެ. އަދި އެލިޒަބަތު މި ފިލްމް ޕްރޮޑިއުސް ކުރާނީ އޭނާ އާއި މެކްސް ހެންޑެލްމޭންގެ ބްރައުންސްޓޯން ޕްރޮޑަކްޝަންސް މެދުވެރިކޮށެވެ.

މި ފިލްމް ބިނާކޮށްފައި ވަނީ އޭނާ ވީނާ ލިޔެފައިވާ ފޮތެއްގެ މައްޗަށެވެ. އެ ފޮތް އަދި ޗާޕް ކުރެވިފައި ނުވި ނަމަވެސް، އެ ފޮތުގައި އޭނާ ލިޔެފައި ވަނީ ޗާޕް ކުރުމުގެ ދާއިރާއިން ވަކިވެ، ޓެކްނޮލޮޖީ ދާއިރާގެ ވަޒީފާއަކަށް އޭނާ ބަދަލުވުމުގައި އޭނާ ކޮށްފައިވާ ތަޖުރިބާތަކުގެ ވާހަކައެވެ.

މީގެ ކުރިން ޔުނިވާސަލް ޕިކްޗާސް އިން ވަނީ "އަންކޭނީ ވެލީ" ގެ ރައިޓްސް ގަނެފަ އެވެ. މި ފިލްމްގެ އެގްޒެކެޓިވް ޕްރޮޑިއުސަރަކީ އޭނާ ވީނާ އެވެ.