Last Updated: June 28, 13:55
Sunday, June 28, 2026
މުނިފޫހިފިލުވުން

ދަތު ބައޮޕިކް ޖޫން 29 ގައި

ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދާފައިވާ އެކަމަކު އަދި ރަސްމީކޮށް ނަން އިއުލާންކޮށްފައި ނުވާ ބައޮޕިކް ރިލީޒް ކުރާ ތާރީހު އިއުލާންކޮށްފި އެވެ.

މި ފިލްމްގައި ސަންޖޭގެ ރޯލް އަދާ ކުރާނީ ރަންބީރް ކަޕޫރެވެ. ބެލެވޭ ގޮތުގައި މި ފިލްމް ވެގެންދާނީ މި އަހަރުގެ އެންމެ މަޤްބޫލް އެއް ފިލްމަށެވެ.

އެ ފިލްމްގެ ޑައިރެކްޓަރު ރާޖްކުމާރް ހިރާނީ ވަނީ ފިލްމް ރިލީޒް ކުރާ ތާރީޚް އޭނާގެ ރަސްމީ ޓްވިޓާ އެކައުންޓް މެދުވެރިކޮށް އިއުލާންކޮށްފަ އެވެ. އެ ތާރީހަކީ ޖޫން، 29، 2018 އެވެ.

މިއީ 2014 ގައި ރިލީޒް ކުރި "ޕީކޭ" އަށް ފަހު ހިރާނީ ޑައިރެކްޓްކޮށް، ގެނެސްދޭ ފުރަތަމަ ފިލްމެވެ.

ރަންބީރްގެ އިތުރުން މި ފިލްމުން ސަންޖޭގެ މަންމަ އަދި ކުރީގެ ބަތަލާ ނަރްގިސްގެ ރޯލުން މަނީޝާ ކޮއިރަލާ، ބައްޕަ ސުނިލް ދަތުގެ ރޯލުން ޕަރޭޝް ރާވަލް އަދި ސަންޖޭގެ އަނބިމީހާ މާންޔަތާ ދަތުގެ ރޯލުން ދިއާ މިރްޒާ ވެސް ފެނިގެން ދާނެ އެވެ.

މީގެ އިތުރުން ވެސް ފިލްމުން ސޯނަމް ކަޕޫރް، އަނުޝްކާ ޝަރްމާ އަދި ވިކީ ކޯޝަލްގެ ފަދަ އެކްޓަރުން ވެސް ފެނިގެން ދާނެ އެވެ.