Last Updated: June 28, 13:55
Sunday, June 28, 2026
މުނިފޫހިފިލުވުން

އަކްޝޭގެ "ކޭސަރީ" ގެ ލުކް ދައްކާލައިފި

މި މަހުގެ ފަހުކޮޅު "ޕެޑްމޭން" ރިލީޒް ކުރުމަށް ހަމަޖެހިފައިވާއިރު، އަކްޝޭ ކުމާރް ވަނީ މިހާރު އޭނާގެ ކުރިއަށް އޮތް ފިލްމް ކަމުގައިވާ "ކޭސަރީ"ގެ މަސައްކަތް ފަށާފައެވެ.

އެގޮތުން ފިލްމްގެ ޝޫޓިން އިއްޔެ ފަށާފައިވާއިރު، އަކްޝޭ ވަނީ އެ ފިލްމްގައި އޭނާ ފެނިގެންދާނެ ގޮތް ޓްވިޓާ މެދުވެރިކޮށް އާންމުންނަށް ދައްކާލާފައެވެ.

"ސިންގް އިޒް ކިންގް" އާއި "ސިންގް އިޒް ބްލިންގް" އަށް ފަހު މި ފިލްމް ވެގެންދާނީ ސިކް ދީނުގެ މީހެއްގެ ގޮތުގައި އަކްޝޭ ފެނިގެންދާނެ ތިންވަނަ ފަހަރަށެވެ.

"ކޭސަރީ" އަކީ އަކްޝޭ އާއި ކަރަން ޖޯހަރް ކޯ-ޕްރޮޑިއުސް ކުރާ ފިލްމެކެވެ. މި ފިލްމް ބިނާކޮށްފައި ވަނީ ސަރަގަރްހީ ހަނގުރާމައިގެ މައްޗަށެވެ.