Last Updated: June 28, 13:55
Sunday, June 28, 2026
މުނިފޫހިފިލުވުން

"މާލިން ސާގާ" ޑައިރެކްޓް ކުރާނީ ރިޑްލީ ސްކޮޓް

"ދަ މާލިން ސާގާ" ޑައިރެކްޓް ކުރުމަށް މަޝްހޫރު ޑައިރެކްޓަރު ރިޑްލީ ސްކޮޓް އާއެކު ޑިޒްނީ އިން ދަނީ ވާހަކަ ދައްކަމުންނެވެ.

މި ފިލްމްގެ ސްކްރިޕްޓް ލިޔެފައި ވަނީ އޮސްކާ އެވޯޑް ވެސް ލިބިފައިވާ މަޝްހޫރު ސްކްރީންރައިޓަރު ފިލިޕާ ބޮޔެންސް އެވެ. މި ފިލްމް ބިނާކޮށްފައި ވަނީ ޓީ އޭ ބެރަން ލިޔެފައިވާ ފޮތްތަކުގެ މައްޗަށެވެ.

މި ފޮތްތަކުގައި ބުނެދީފައި ވަނީ ޒުވާން މާލިންގެ ދިރިއުޅުމުގެ ވާހަކައާއި މަޝްހޫރު އަދަބީ ކެރެކްޓަރު ކަމުގައިވާ ކިންގް އާތާގެ އެދުރަކަށް އޭނާވާ ގޮތުގެ ވާހަކައެވެ.

ރިޕޯޓްތައް ބުނާގޮތުން ޑިޒްނީ އިން ދަނީ ގިލް ނެޓާ އާއެކު މި ފިލްމް ޕްރޮޑިއުސް ކުރުމަށްޓަކައި ސްކޮޓް ފްރީ ޕްރޮޑަކްޝަން ކުފުންޏާއެކު ވެސް ވާހަކަ ދައްކަމުންނެވެ.