Last Updated: June 28, 13:55
Sunday, June 28, 2026
މުނިފޫހިފިލުވުން

"ކެޕްޓަން މާވެލް" ގެ ކާސްޓަށް ޑިވަންޑާ

މާވެލް އިން އުފައްދާ ފިލްމް "ކެޕްޓަން މާވެލް"ގެ ކާސްޓަށް ޑިވާންޑާ ވައިޒް އިތުރުކޮށްފި އެވެ.

ރިޕޯޓްތައް ބުނާގޮތުން "ކެޕްޓަން މާވެލް" ގައި ޑިވާންޑާ އަދާކުރާނީ ސަޕޯޓިން އެކްޓަރެއްގެ ރޯލެވެ. މި ފިލްމްގެ އަންހެން ލީޑް ރޯލް އަދާކުރާނީ ބްރީ ލާސަން އެވެ.

މި ފިލްމުން ފެނިގެންދާނެ އިތުރު ތަރިންގެ ތެރޭގައި ސެމުއެލް އެލް. ޖެކްސަން އާއި ބެން މެންޑެލްސަން އަދި ޖޫޑް ލޯ ވެސް ހިމެނެއެވެ.

އޭނާ ބޮޑެން އާއި ރަޔާން ފްލެކް ޑައިރެކްޓް ކުރާ މި ފިލްމް ޕްރޮޑިއުސް ކުރާނީ ކެވިން ފެއިޖް އެވެ.

"ކެޕްޓަން މާވެލް"ގެ ކުރީގެ ސްކްރިޕްޓްތައް ލިޔެފައި ވަނީ މެގލް ލެފޯވް އާއި ނިކލް ޕާލްމޭން ކަމުގައި ވީނަމަވެސް، ފިލްމްގެ އެންމެ ފަހުގެ ސްކްރިޕްޓް ލިޔެފައި ވަނީ ޖެނީވާ ރޮބާޓްސަން ދްވޯރޭ އެވެ.

"ކެޕްޓަން މާވެލް" ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ 8 މާޗު 2019 ގައެވެ.